މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އެކްޓިވިޓީ ޔުނިފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS191/IU/2017/09 (16 ނޮވެމްބަރ 2017) އިއުލާނާއި ގުޅިގެން ބިޑް ހުށައަޅާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިސްކޫލުގެ  އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށް ފަހު 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ދެވޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7970739 ނަމްބަރ ފޯނާއެވެ.

10 ޑިސެމްބަރ 2017

10 ޑިސެންބަރު 2017
ހޯދާ