ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކުރުން
މިހޮސްޕިޓަލްގެ ރަސްމީވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަމްބަރ (IUL)LHAH-AH/LHAH/2017/19 ( 13 ނޮވެމްބަރ 2017 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢްލާން ބާޠިލްކޮށް އަލުންވެސް މިހޮސްޕިޓަލްގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިހޮސްޕިޓަލުންދޭ މަޢްލޫމާތާއި އެއްގޮތަށް މިހޮސްޕިޓަލްގެ ވެބްސައިޓް ފަރުމާކޮށްދެއްވުމަށް އެދިލައްވާފަރާތްތަކުން 14 ޑިސެމްބަރ 2017 ދުވަހުގެ 13:00 ށް މިހޮސްޕިޓަލަށް ވަޑައިގެން މަޢްލޫމާތު ސާފްކުރެއްވުމަށްފަހު، 21 ޑިސެމްބަރ 2017 ދުވަހުގެ 13:00 ށް މިހޮސްޕިޓަލަށް ވަޑައިގެން އަގުހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑިޔަށް މައްލޫމާތު ހޯދުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެކަމުގައިވެސް ދަންނަވަމެވެ.