މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިދޫކުރެވިފައިވާ ސަރަޙައްދުގެ މަގުތަކުގައި ހުރި ރުއްތައް ވިއްކާލުން

އިޢުލާން

 

         ދިރިއުޅުމަށްޓަކައި ކާށިދޫއިން މިހާތަނަށް ގޯތިދޫކުރެވިފައިވާ ސަރަޙައްދުގެ މަގުތައް ހެދުމަށްޓަކައި އެމަގުތަކަށް އަރާ ރުއްތައް ވިއްކާލުމަށް ކުރެވުނު ނަމްބަރ (IUL)330-B/330/2017/75ޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް މި ރުއްތައް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި ރުއްތައް ގަތުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރިކުރުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަދި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

         މިރުއްތައް ވިއްކާލުމާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކިޔެވެނި މާލަމުގައެވެ. ވީމާ މި ރުއްތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން އެގަޑިއަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކިޔެވެނި މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

19 ރަބީޢުލްއައްވަލް 1439

07 ޑިސެންބަރު 2017
ހޯދާ