ދިވެހިރާއްޖެ
a
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ: 27GS125/IUL/2017/
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ
މިސްކޫލުގެ ނަންބަރ GS-125IUL2017/24 އިޢުލާން ދިމާވި ބައެއް ސަބަބު ތަކާހުރެ ބާތިލްކޮށް މިސުކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ގެ ކުއްޔަށް ދޫކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތުއަރުވަމެވެ.
- މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 17 ޑިސެންބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 އިން 1:10 ދެމެދު ސްކޫލު އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
- އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 21ޑިސެންބަރ 2017ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި މި ސްކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އިޢްލާންކުރީމެވެ.
19 ރަބިޢުލްއައްވަލް 1439
07 ޑިސެންބަރ 2017