ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރުން

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

           ފަރެސްމާތޮޑާ ކައުންސިލް އިދާރާ އަށް ތްރީ ފޭސްކަރަންޓް ލުމާއިބެހޭ ގޮތުން މިކައުންސިލް އިދާރާއިންކޮށްފައިވާ ނަންބަރ  IUL-D/423/2017/44 އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  11 ޑިސެންބަރު  2017 ވަނަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2017ވަނަ ދުވަހު 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އަންދާސީ ހިސާބު ތަކުގެ  އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި   " ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ތްރީ ފޭސް ކަރަންޓް ލުމާއިބެހޭ  " މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް އަދި މަޢުލޫމާތުފޯމް އާއި މި އިޢުލާނާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

           19 ރަބިޢުލްއައްވަލް          1439

            07 ޑިސެންބަރު            2017

 

   

 

                                                             ޔާސިރު މުހައްމަދު

                                                           ކައުންސިލުގެނައިބްރައިސް

07 ޑިސެންބަރު 2017
ހޯދާ