ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޕަވައިޒަރ ރޫމް މަރާމާތުކުރުމުގެ މަަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

    ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު: GS07/IUL/2017/023

އިޢުލާން

            ސްޕަވައިޒަރ ރޫމް މަރާމާތުކުރުމުގެ މަަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން........           .

                                                  

އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު   

    

     މިމަދަރުސާގެ ސްޕަވައިޒަރޫމްގެ ފާރުތަކުގެ އުވަކޮށާ ސިމެންތިޖަހާ، ކުޑަދޮރުތައް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2017 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށައެޅުއްވުމާއި، ކެނޑުން

2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

19 ރަބީޢުލްއައްވަލް 1439

07 ޑިސެމްބަރ 2017

07 ޑިސެންބަރު 2017
ހޯދާ