ދިވެހިރާއްޖެ
މި ސްކޫލުގެ ނަންބަރު: GS213/IUL/2017/028 އިޢުލާން އާ ގުޅިގެން 2018ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 19 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ނޯޓް: ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިމަތިލެވޭނީ ހަމައެކަނި ގަވާޢިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން އަންގާ އިޢުލާން ކުރަމެވެ.