ދިވެހިރާއްޖެ
އިޢުލާން
ރ.މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދު ސާފުކުރުން
ރ.މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި މިކައުންސިލުގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުންދާ ވާހަކަ ދެންނެވީމެވެ.
ބަނދަރު މަތީ ބެހެއްޓިފައިވާ ތަކެތި ނެގުމަށް މިއިދާރާގެ ނަންބަރު: 38/2017/305/305(IUL) (02 ޖުލައި 2017) އިއުލާނުންވެސް ވަނީ އާންމުކޮށް އެންގިފައެވެ. މިހެންކަމުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (09 ޑިސެމްބަރ 2017 ގެ ނިޔަލަށް) ބަނދަރުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އެންގީމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.