ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ ނަންބަރު:FAM/IUL/2017/032
އިއުލާން
މިއޮފީހުގެ ތިރީގައި މިދަންނަވާ މަގާމްތަކަށް މީހުން ބޭނުންވެއްޖެ.
1- މަޤާމު: އެސިސްޓެންޓް އެޑްމިން އޮފިސަރ
އަދަދު: 01 ފިރިހެން
މުސާރަ: -/5،500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) ޕްރޮބޭޝަންގެ 03 މަސް
ނިމުމުން މުސާރަ -/6،500 ރުފިޔާ (ހަހާސް ފަސްސަތޭކަ ރުފިޔާ) އަށް ބޮޑު
ކުރެވޭނެއެވެ.
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: ރެފްރީސް ޑިޕާރޓްމަންޓް
ފެންވަރު ނުވަތަ ޝަރުތު: 1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސުކޫލް ސެޓުފިކެޓު އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
2- މަޤާމު: ހެޑް އޮފް ހިޔުމަން ރިސޯސް
އަދަދު: 01
މުސާރަ: -/18،000 ރުފިޔާ (އަށާރަހާސް ރުފިޔާ)
ފެންވަރު ނުވަތަ ޝަރުތު: 1- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން މާސްޓާރ ޑިގްރީއެއް ހާސިލްކޮށްފައިވުން، އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ސީ.ވީ އާއިއެކު ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު) އާއި އައިޑީކާޑުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީއާއި އެކު 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށައެޅުވުން އެދެމެވެ.
05 ޑިސެމްބަރ 2017