ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ އަދި މިފަދަ ބައެއް ބަލިތައް ނައްތާލުމުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޤައުމެކެވެ. އަދި މިކަންކަން މިގޮތައް ދެމެހެއްޓުމަށްޓަކާ، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ރަނގަޅު ސިއްޙަތެއްގައި ހުރި މީހަކު ތޯ ބެލުމަށްޓަކައި ވާރކް ވިސާ އަށް އެދޭއިރު މެޑިކަލެއް ހުށައެޅުމަށް އިމިގްރޭޝަންގެ ނަންބަރު: 2010/R-7 ގަވާއިދުން ލާޒިމު ކުރެއެވެ. މިގޮތުން ވާރކް ޕާމިޓް ހެދުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަމާއި، އަމަލުކުރަމުންދާ އުޞޫލުތައް މިހާރުވަނީ މުރާޖައާ ކުރެވިފައެވެ.
ވީމާ ވޯކްޕާރމިޓް މެޑިކަލް ހެދުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލުމަށް ގަސްތުކޮށްފައިވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް މިމިނިސްޓްރީގެ 4 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މިމިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިނިސްޓްރީ އޮފް ހެލްތުގެ ފޯން : 3014426
17 ރަބީޢުލްއައްވަލް 1439 ހ.