ދިވެހިރާއްޖެ
ބަނދަރާއި މަގު ބައްތިތައް ބެލެހެއްޓުން އައުޓްސޯސްކުރުމާއިބެހޭ
ކުރިން މި އިދާރާއިން ކުރި ނަންބަރު: (12/11/2017)(IUL)310-MS/310/2017/33 އިޢުލާނާއި ގުޅިގެން "ބަނދަރާއި މަގުބައްތިތައް ބެލެހެއްޓުމަށް" އެކަށީގެންވާ ވަރަށް ބިޑު ހުށަހަޅުއްވާފައި ނުވާތީވެ، އެ ހުށަހެޅުންތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މިރަށުގެ ބަނދަރާއި މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް ބެލެއްޓުމަށް 2016 ވަނަ އަހަރުގެ ތެރޭގައި މި އިދާރާއާ އަމިއްލަފަރާތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީއާއި، މަގުބައްތިތައް ބެލެހެއްޓުމަށް (2015 ވަނަ އަހަރުގެ ކައުންސިލްގެ ޢާންމު ބައްދަލުވުން- 37 (25 ނޮވެމްބަރ 2015ގައި ) ނިންމަވާފައިވާ ނިންމެވުމަށް ބަދަލެއް އައިސްފައި ނުވާތީވެ، މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކަށް ބިޑްކުރުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ބިޑާއިބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. ބިޑު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 18 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ އެއްވެސް ފަރާތަކަށް ބިޑު ކުރެއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު (ބިޑް) ގައި މާކްސްދެވޭނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.
- މަސައްކަތުގެ އަގު %85
- މާލީ ތަނަވަސްކަން
- ތަޖުރިބާ %5
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.