ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ސްކޫލަށް ކޮމްޕިޔުޓަރ މޭޒު އަދި ގޮނޑި ހޯދުމަށް ކުރި IUL)22-E/1/2017/368) ނަންބަރު އިއުލާނަށް ހުށައަޅާފައިވާ އަނދާސީ ހިސާބު އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ކޮމްޕިޔުޓަރ ލެބް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރު އިސްކަންދަރު ސްކޫލަށް ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
35 ކޮމްޕިޔުޓަރ ޑެސްކު އަދި 35 ކޮމްޕިޔުޓަރ ގޮނޑި
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގގެ އެއް ނޯންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު (ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް އަދި މައުލޫމާތު ކަރުދާސް) އެޓޭޗްކުރެވިފައިއެވަނީއެވެ. މީގެ އިތުރުން މި މިއުލޫމާތު ހޯދުމަށް އަދި މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 5 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަދި [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 7 ޑިސެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.
[email protected] ނުވަތަ [email protected]– އީމެއިލް:
