ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމާއި ބެހޭ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

           ފަރެސްމާތޮޑާ ކައުންސިލް އިދާރާ އަށް ތްރީ ފޭސްކަރަންޓް ލުމާއިބެހޭ ގޮތުން މިކައުންސިލް އިދާރާއިންކޮށްފައިވާ ނަންބަރ  IUL-D/423/2017/43 އިޢުލާން އާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބްގެ  މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެބިޑް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  06 ޑިސެންބަރު  2017 ވަނަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެންބަރު 2017ވަނަ ދުވަހު 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އަންދާސި ހިސާބް ތަކުގެ  އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި   " ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ތްރީ ފޭސް ކަރަންޓް ލުމާއިބެހޭ  " މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބް ތައް އަދި މަޢުލޫމާތުފޯމް އާއި މި އިޢުލާނާ ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

          15 ރަބިޢުލްއައްވަލް          1439

          04 ޑިސެންބަރު            2017

 

04 ޑިސެންބަރު 2017
ހޯދާ