ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކުގައި ވިއްސާރަ މޫސުމުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިއެއް އެޅުމާއި ގުޅޭ

މިރަށުގެ އެކި ސަރަހައްދުތަގައި ވިއްސާރަ މޫސުމުގައި އުފެދޭ ފެން މޫދަށް ބޭރުކުރުމަށްޓަކައި ހޮޅި އެޅުމަށް ބޭނުންވާ 12 އިންޗި ފުޅާ، 18 - 20 ފޫޓް ދިގު، 4 އެސްލޯން ހައިޕްރެޝަރ ހޮޅި ގަނެ މި ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި ހޮޅިތައް ގަނެ ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 7 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. އެހެންފަރާތެއް ފޮނުވައިގެން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2017
ހޯދާ