ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                           އިޢުލާން ނަންބަރ :   IUL)415-HR/415/2017/29)  

އިޢުލާން

 

                     ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

މަސައްކަތު (އިޖްތިމާއީ)

ބޭނުންވާ އަދަދު:   03

 

މަޤާމުގެ ބާވަތް:

 ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސް ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

 

މުސާރަ:

މަހަކު 2,300.00 (ދެހާސް ތިންސަތޭކަ ރުފިޔާ)  

 ޙާޞިރީ އެލަވަންސް:

 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 23.33( ތޭވީސް ރުފިޔާ ތިރީސް ތިން ލާރި)

 

ތަޢުލީމީ ފެންވަރު:

 އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން ތަދުން.

 

މަޤާމަށް ބޭނުންވާ ހުނަރު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު،

  1. އަމިއްލަ އިސްގެނުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްހަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.  

 

 ވަޒީފާގައި  ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަށް ސާފުކުރުމަށް މިއިދާރާއިން ރާވާ ޕްރޮގްރާމްތަކާއި އެއްގޮތަށް މަސައްކަތްކުރުމާއި ރަށް ފެހި ކުރުމުގެ މަސައްކަތްކުރުން .

ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

 

 ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭލިޔުންތައް  13 ޑިސެންބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ.   

 

           

 

15 ރަބީޢުލްއައްވަލް 1439

                             03 ޑިސެމްބަރ 2017

03 ޑިސެންބަރު 2017
ހޯދާ