ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރުހުވަދޫ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނަންބަރ: (IUL)241-B/241/2017/34

 

 

             އިއުލާން

 

އުތުރުހުވަދޫ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

                    

                     ގައުމީ ފެންވަރުގަޔާއި އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގައި ފާހަގަކުރެވޭ ޝަރަފްވެރިންނާއި ޚިދްމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ރަށާއި އަތޮޅަށާއި ގައުމަށް ޚިދްމަތް ކުރުމުގައި ވާދަވެރި ރޫޙެއް އުފެއްދުމުގެ މަގްޞަދުގައި '' އުތުރުހުވަދޫ އެވޯޑް '' ގެ ނަމުގައި ކޮންމެ 2 އަހަރަކުން އެއްއަހަރު އެވޯޑް ދިނުމަށް 3 ވަނަ އަތޮޅުކައުންސިލްގެ 17 ވަނަ  ބައްދަލުވުމުގައި  ނިންމެވުމާއި   ގުޅިގެން ކުރެވުނު  މިއިދާރާގެ ނަންބަރ: (IUL)241-B/241/2017/30 އިއުލާނުގައިވާ އެޕްލިކޭޝަންތައް ހުށަހެޅުމުގެ މުއްދަތު 31 ޑިސެމްބަރ 2017 އަށް އިތުރުކުރުމަށް 3 ވަނަ އަތޮޅުކައުންސިލްގެ 26 ވަނަ އާންމުބައްދަލުވުމުން ނިންމާފައިވާތީ އެކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.  އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން މައުލޫމާތު ހުށަހަޅަންވާނީ އުތުރުހުވަދޫ އެވޯޑް ދިނުމަށް އަތޮޅުކައުންސިލުން ފާސްކޮށްފައިވާ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. އުތުރުހުވަދޫ އެވޯޑް ދިނުމުގެ ސިޔާސަތު ދިވެހިސަރުކާރު ގެޒެޓްގައި އަދި އަތޮޅުކައުންސިލްގެ ވެބްސައިޓް www.gaafalif.gov.mv   ގައި  ޝާއިއު ކުރެވިފައިވާނެއެވެ.

                     ވީމާ ،  އުތުރުހުވަދޫ އެވޯޑް ދިނުމުގެ ސިޔާސަތުގައި ކަނޑައެޅިފައިވާ ދާއިރާތަކުން މި އެޥޯޑަށް ކުރިމަތިލުމަށް ހުށަހަޅުއްވަންޖެހޭ ލިއުންތައް މިއިދާރާއަށް ހުށަހެޅުމުގެ އެންމެފަހު ސުންގަޑިއަކީ 31 ޑިސެމްބަރ  2017 ވާ އާދީއްތަ ދުވަހުގެ 14.00 އެވެ. އުތުރުހުވަދޫ އެވޯޑަށް ކަނޑައެޅިފައިވާ ދާއިރާތަކުން ހުށަހަޅާ ލިއުންތައް އިވެލުއޭޓް ކޮށް އެވޯޑް ދޭންޖެހޭ ފަރާތްތައް ކަނޑައަޅާނީ މިކަމަށްޓަކައި އެކުލަވާލާފައިވާ އުތުރުހުވަދޫ އެވޯޑް ވިލަރެސްކުރުމަށް އަތޮޅުކައުންސިލާއި އަދި ތައުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއިން ހޮވިފައިވާ 9 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއަކުންނެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

15 ރަބީއުލްއައްވަލް    1439

03 ޑިސެމްބަރ      2017 

03 ޑިސެންބަރު 2017
ހޯދާ