ދިވެހިރާއްޖެ
އަނގޮޅިތީމު ސްކޫލު
ރ.އަނގޮޅިތީމު ނަމްބަރ: 26GS-125/IUL/2017/
ދިވެހިރާއްޖެ
އިޢުލާން
ސުކޫލުގެ ސެކިއުރެޓީ 1 އަހަރަށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ
މިސްކޫލުގެ ސެކިއުރެޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
- Ø މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 12 ޑިސެންބަރ 2017ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00އުން 13:20ކަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅޫންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުސަތު އޮންނާނެއެވެ.
- Ø އަނދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
ސެކިއުރިޓީ ބަލަހައްޓާ ދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަނަދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ރ.އަނގޮޅިތީމު ސުކޫލުގެ ސެކިއުރެޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއް ނަމުގައެވެ. މައުލޫމަތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
15 ރަބިޢުލްއައްވަލް 1439ހ
03 ޑިސެންބަރ 2017މ