ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ:
2018 ވަނަ އަހަރު މި ސްކޫލުގެ އެލް. ކޭ. ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކުންފުންޏެއް ނުވަތަ ވިޔަފާރިއަކުން ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6528041 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން |
2017 ޑިސެމްބަރ 7 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް |
2017 ޑިސެމްބަރ 12 ވާ އަންގާރަދުވަހުގެ 13:00 އަށް |
03 ޑިސެމްބަރ 2017