ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން  ބޭނުންވެއްޖެ

                                                                                                                           

          މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 01 ޖެނުއަރީ 2018 ޖެނުއަރީ އިން 31 ޑިސެމްބަރ 2018 ޑިސެމްބަރ ނިޔަލަށް 1 (އެކެއް) އަހަރު ދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާހާނާ) އާއި، ސިޓިންގ ރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާހާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
  • ސިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.

ގޭގައިހުންނަންޖެހޭ ތަކެތީގެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓް ސްކޫލުން ލިބިލައްވާނެއެވެ.)

ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގެޔާއި ގޯތިތެރެ ސާފުކޮށް ގޭގައި ތިބޭ ފަރާތްތަކަށް ކައްކާ ކާންދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.

 

 

 

 

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

ސިޓީ ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް

06 ޑިސެމްބަރ 2017 ވާ ބުދަ ދުވަސް

ގަޑި 11:00

17 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަސް

ގަޑި 11:00

 

 

 

 

 

 އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ: ރަސްމީގަޑީގައި 6640574 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

03 ޑިސެންބަރު 2017
ހޯދާ