ދިވެހިރާއްޖެ
ނަންބަރު:A)AB-2017/259)
އިޢުލާނު
1 އަހަރު ދުވަހުގެ މުއްދަތަށް ކްލައުޑް ހޯސްޓިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2018 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު ގެ ނިޔަލަށް ކްލައުޑް ހޯސްޓިންގް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 254/A)AB-2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 05 ޑިސެންބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.elections.gov.mv) ގައި ޝާއިޢު ކުރެވިފައިވާނެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3004461 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
11 ރަބީޢުލްއައްވަލް 1439