މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
10 ރަށުގެ ނަރުދާމާގެ މަސައްކަތުގެ ސުޕަރވިޒަން ކޮންސަލްޓަންސީގެ މަސައްކަތް

ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

10 ރަށުގެ ނަރުދާމާގެ މަސައްކަތުގެ ސުޕަރވިޒަން ކޮންސަލްޓަންސީގެ މަސައްކަތް

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ 10 ރަށެއްގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް މޮނިޓަރކޮށް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު: (IUL)13-K/13/2016/165  އިޢުލާނު ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ރާއްޖެއާއި ރާއްޖެއިންބޭރުގެ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ސްޕަރވައިޒް ކުރުން، ޑީޓެއިލް ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސަކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަރވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރަންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލް އާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދާ ޕީ.އެމް.ޔޫއަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަރވައިޒްކޮށް ބޭނުންވާ ސެޓްފިކެޓްތަކާއި ރިޕޯޓްތައް ހަދާ ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓަނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީންކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 18 މަސް ދުވަހެވެ.

3. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 3 ޑިސެންބަރު 2017 އިން 13 ޑިސެންބަރު 2017 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ދައުވަތުގެ 06 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރް.އެފް.ޕީ މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މިމަސައްކަތާއި ބެހޭ އެއްވެސް ސުވާލެއްވާނަމަ 11 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 1400 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 2017 ޑިސެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ11:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3349296 960+/ 3349106 960+

އީ މެއިލް: [email protected]

ކޮޕީ: [email protected]

29 ނޮވެންބަރު 2017
ހޯދާ