ދިވެހިރާއްޖެ
`
ނަންބަރު: IUL)400/INDIV/2017/46)
ޢިއުލާން
ލ.މާވަށު ޕްރީސްކޫލް އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ:
މިއިދާރާގެ ނަންބަރު IUL)400/INDIV/2017/46) އިޢުލާން އާއި ގުޅިގެން އެކަށީގެންވާ މިންވަރުގެ ތަރުހީބު ލިބިފައި ނުވާތީއާއި އަދި އެ އިއުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތަށް ބައެއް ބަދަލު ގެންނަން ޖެހުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް ލ.މާވަށު ޕްރީސްކޫލް އިމާރާތް ކުއްޔަށްހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ،އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން، 05 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް މާވަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، އިމާރާތް ކުއްޔަށް ދޫކުރުމަށް ޕޮއިންޓު ދިނުމުގައި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށް ވަކި ޕޮއިންޓުތަކެއް ދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.