މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ، މަރިޔާދުގެ މަރާމާތު ކުރުން.

  ނަންބަރ: (IUL)230-AHI/230/2017/18

އިޢުލާން

 

އަތޮޅުގެއާއި، މަރިޔާދުގެ މަރާމާތުކުރުމާއިބެހޭ

 

                  މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އަތޮޅުގެއާއި، މަރިޔާދުގޭގައި މިވަގުތު ކުރަންޖެހޭ، މިއިދާރާއިންދޭ މަޢުލޫމާތު ޝީޓްގައި ހިމެނޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިމަސައްކަތްތަކުގެ މަޢުލޫމާތު ދިނުން އޮންނާނީ 03 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ 05 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:30 ގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެވެ.

                  ވީމާ، މިސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްގެ އެގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގެން، ދެންނެވިފައިވާ ތާރީޚުގެ އެގަޑިއަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުމަށް ދެންނެވީމެވެ.

 

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                  11 ރަބީއުލްއައްވަލު  1439

                  29 ނޮވެމްބަރ     2017

                                                                ޚާދިމްކުމް

 

        މަބުރޫކް ނަޞީރު

   ބ. އަތޮޅުކައުންސިލްގެ ރައީސް

29 ނޮވެންބަރު 2017
ހޯދާ