ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2017/109
އިޢުލާނު
ޕާކްގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއިގުޅޭ:
ޕާކްގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ގޮތުން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމާއި، ކުޅޭ ގުރައުންޑަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 07 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް
* އެސްޓިމޭޓް ހުށަހެޅުން: 17 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
11 ރަބީޢުލްއައްވަލް 1439
29 ނޮވެންބަރު 2017
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް