މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.މާކުރަތު ޕްރީ ސްކޫލު މަސައްކަތު މަޤާމަށް މީހަކު ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު

01(އެކެއް)

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓު

މުނިސިޕަލް ސަރވިސް ޔުނިޓު/ ރ. މާކުރަތު ޕްރީ ސްކޫލް، ރ. މާކުރަތު

ވަޒީފާގެ ބާވަތް: ދާއިމީ

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. މާކުރަތު ޕްރީސްކޫލް/ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ވަގުތު

06 (ހައެއް) ގަޑިއިރު

ރޭންކް:

އެސް.އެސް. 1

ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: (މަހަކު)

3100.00(ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް (މަހަކު)

1000.00(އެއްހާސް ރުފިޔާ)

މަޤާމުގެ އަސާސީ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

1

ޕްރީ ސްކޫލުގެ ކުލާސްތަކަށް ދަރިވަރުން ޙާޟިރުވުމުގެ ކުރިން ކުނިކަހާ ސާފުކޮށް މޮޕުޖެހުން.

2

ޕްރީ ސްކޫލުގެ ކުލާސްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ކުލާސް ތަކުގައި ބެހެއްޓިފާވާ ތަކެތި ރަގަޅަށް ފޮހެ ސާފުކުރުން.

3

ޕްރީ ސްކޫލުގެ ކުލާސްތަކާއި އޮފީހުގައި ހުންނަ ފަރުނީޗަރާއި، މެސިނަރީތައް ފޮހެ، ފޮޅާ ސާފުކުރުން.

4

ޕްރީ ސްކޫލުގެ ދޮރުތަކާއި ދޮރުފަތްތައް އަދި ފެންލައިޓުތައް ފޮހެ ސާފުކުރުން.

5

ޕްރީ ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.

6

ޕްރީ ސްކޫލުގެ ފަންކާތަކާއި ލައިޓުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.

7

އަނދައިގެން ބަދަލު ކުރަންޖެހޭ ބޮކިތައް ބަދަލު ކުރުން.

8

ޕްރީސްކޫލް ކުލާސްތަކުގެ ދަރިވަރުން ފާހާނާއަށް ގެންގޮސް ގެނައުން.

9

ޕްރީ ސްކޫލުގެ ކުލާސްތަކުގައި ކުދިން ބެލެހެއްޓުމާއި އަދި ކުދިން ބޭރަށް ނެރެވޭ ވަގުތުތަކުގައި ކުދިންނަށް ސަމާލުކަންދީ ކުދިން ބެލެހެއްޓުމުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.

10

ޕްރީ ސްކޫލުގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި އިތުރު ހަރަކާތްތަކަށް ގޮޑި ޖަހާ ކުލާސްތައް ތައްޔާރު ކުރުން.

11

ޕްރީ ސްކޫލުގެ ފަރާތުން ބެލެނިވެރިންނާއި، އެކިއެކި ފަރާތްތަކަށް ހަވާލު ކުރަންޖެހޭ ތަކެތި ހަވާލު ކުރުމާއި އަންގަންޖެހޭ އެންގުންތައް އެންގުން.

12

ޕްރީ ސްކޫލަށް ގެންނަންޖެހޭ ތަކެތި ކައުންސިލްގެ އިދާރާއިން ނުވަތަ ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ގެނެސް ގުދަން ކުރުން.

13

ޕްރީ ސްކޫލުގެ ގޯތިތެރޭގައި ގަސް އިންދުމާއި ގަސްތަކަށް ފެންދިނުމާއި، ކޮށަންޖެހޭ ގަސްތައް ކޮށާ ކުނި ނަގާ އުކާލުން.

14

ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުން ވިނަނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

15

ޕްރީ ސްކޫލު ކުދިން ފެނާ ކުޅުމަށް ހެދިފައިވާ ތަނުގެ ފެނގަނޑު ހަނޑިވިޔަނުދީ ބެލެހެއްޓުމާއި ފެން ބަދަލު ކުރުން.

16

ޕްރީ ސްކޫލު ކުދިން ކުޅުމަށް ބެހެއްޓިފައިވާ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.

17

ޕްރީ ސްކޫލު ކުދިން ވެއްޔާ ކުޅުމަށް ހެދިފައިވާ ތަނުގެ ވެލިގަނޑު ހަޑިވިޔަ ނުދީ ބެލެހެއްޓުން.

18

ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުގެ ހިރަފުސް ބޯވިޔަނުދީ ފެންޖަހާ ބެލެހެއްޓުން.

19

ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.

20

ޕްރީ ސްކޫލުން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމުގައި އެހީތެރިވުން.

21

ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

22

ސްކޫލާއި ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން.

23

މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-      ލިބިފައިވާ ތައުލީމާއި ތަމްރީނު

-      ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

-      ލިބިފައިވާ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.)

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާފައިނުވާ ފޯމުތަކާއި ސުންގަޑީގެ ފަހުން ހުށައެޅޭ ފޯމުތައްވެސް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 07 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާއަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އޮންނާނީ މާކުރަތު ކައުންސިލްގެ އިދާރާގައެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން އެފަރާތްތަކަށް އަންގާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް،އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ޙަވާލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6580015 ފޯނާއެވެ.

       

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

               10 ރަބީޢުލްއައްވަލް 1439

 

 

 

 

 

28 ނޮވެންބަރު 2017
ހޯދާ