ދިވެހިރާއްޖެ
ދަނބިދޫ ސްކޫލް
ލ.ދަނބިދޫ ، ދިވެހިރާއްޖެ ނަންބަރު :GS-190/2017/59
އިއުލާން
2018 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާއިބެހޭ
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފަން ބޭނުންވާ ގޭގައި މިދަންނަ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
- 2 ނިދާކޮޓަރި - އެޓޭޗް ފާޚާނާއާއި ފަރުނީޗަރާއެކު (މަދުވެގެން 1 ކޮޓަރީގައި އޭ.ސީ ހުންނަންވާނެއެވެ.)
- ސިޓިންގރޫމް، ބަދިގެ - ފަރުނީޗަރާއެކު (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
- މީހުން ދިރިއުޅޭ ގެއެއްގެ ބައެއްގައި ނަމަ އިލެކްޓްރިކް މީޓަރ ވަކިކުރެވިފައިހުރުން.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
03 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލް |
13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި ދަނބިދޫ ސްކޫލް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލްގެ ނަންބަރ 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.
28 ނޮވެމްބަރ 2017