ދިވެހިރާއްޖެ
` |
Secretariat of the Thimarafushi Council ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
Th.Thimarafushi, Rep.of Maldives ތިމަރަފުށި، ދިވެހިރާއްޖެ.
ނަންބަރު(IUL)391/391/2017/21 :
އިޢުލާން
ޢިމާރާތާއި ގޯތި ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި ބެހޭ
މި ކައުންސިލްގެ ބެލުމުގެދަށުގައި އޮތް ރައްޔިތުންގެ 2 ގޯތި ކަމުގައިވާ ރަށްވެހިގެ އާއި ބާ އޮފީސް ހިންގި ޢިމާރާތާއި ގޯތި މަހަކު -/5000 ރުފިޔާ (ފަސް ހާސް ރުފިޔާ) މަދުނޫން މިންވަރަކަށް، ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މައުލޫމާތު ދިނުން އޮންނާނީ 4 ޑިސެމްބަރ 2017 ގައެވެ. ބިޑް ބަލައިގަތުން އޮންނާނީ 15 ޑިސެމްބަރ 2017 ގައެވެ. މައުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުގެ އެސްޓިމޭޓާއި ގަޑިޖެހޭފަހުން ގެންނަ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި 2 ޢިމާރާތާއި ގޯތި ކުއްޔަށް ދިނުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)391/391/2017/12 އިޢުލާން މިއަދުން ފެށިގެން ބާޠިލް ވެފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ރަބީޢުލްއައްވަލް 1439
26 ނޮވެމްބަރ 2017
އިސްމާޢީލް އިބްރާހީމް
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ ރައީސް