ދިވެހިރާއްޖެ
ނަންބަރު : IUL)415/415/2017/27)
އިޢުލާން
ކަންރެހާ ސިނަމާ ބިން ކުއްޔަށް ދޫކުރުމާއި ބެހޭ :
ސުރުހީގައި ދަންނަވާފައިވާ ކަންރެހާ ސިނަމާ ބިން 10 އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް މަދުވެގެން -/1ރ (އެއް ރުފިޔާގެ) ރޭޓުންނެވެ. އަދި ބިމުގައި ހުރި އިމާރާތަށް ވަކިން ކުލި ހުށަހަޅަން ވާނެއެވެ.
ވީމާ މި، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލު ގައިވާ ގޮތުގެ މަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަޑައަޅާފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
06 ޑިސެމްބަރ 2017 |
ބުދަ |
13.30 |
އަންދާސީ ހިސާބު ހުށަހެޅުން |
11 ޑިސެމްބަރ 2017 |
ހޯމަ |
13.30 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ތަކާއި އަދި މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅުއްވާފައި ހުންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަބީޢުލް އައްވަލް 1439
27 ނޮވެމްބަރ 2017