މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ޓީޗަރުން ހޯދުން

 

އިޢުލާން

ޕްރީ ސްކޫލް ޓީޗަރުން ހޯދުން

 ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން (ކޮންޓްރެކްޓް ޓީޗަރުން) ހޯދުމަށް ބޭނުންވެއެވެ. މި މަޤާމަށް ހޮވޭފަރާތްތަކުން މަސައްކަތް ކުރައްވަންޖެހޭނީ މިކައުންސިލުން ހިންގަމުންގެންދާ "ރ. މާކުރަތު ޕްރީ ސްކޫލް" ގައެވެ.

މަޤާމް

ޕްރީ ސްކޫލު ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓު

މުނިސިޕަލް ސަރވިސް ޔުނިޓު/ ރ. މާކުރަތު ޕްރީ ސްކޫލު، ރ. މާކުރަތު

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. މާކުރަތު ޕްރީ ސްކޫލް/ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ވަގުތު

6 (ހައެއް) ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1

ޕްރީ ސްކޫލު ދަރިވަރުންނަށް ކިޔަވައި ދެއްވުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި އެކުއްޖެއްގެ ފެންވަރުގައި ޕްރީ ސްކޫލު ކުދިންނަށް ތަޢުލީމުދީ އުނގަންނައި ދިނުން

2

ކުދިންނަށް ތަޢުލީމު ދިނުމަށް ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެން ތަޢުލީމު ދިނުން

3

ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ލެސަން ޕްލޭނުތައް ހެދުމާއެކު ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުން އަދި އެކަމަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއަށް ނުވަތަ ސްޕަރވައިޒަރަށް ހުށަހަޅާއިގެން ހޯދުން.

4

ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5

ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ ރަނގަޅު ކުރުން

6

ކުދިން ޝަޢުޤުވެރި ވާނެ ގޮތަށް ކުލާސްތެރެ ޒީނަތްތެރިކުރުން

7

ދުވަހުން ދުވަހަށް ކުލާސްތަކުގައި ދެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން

8

ސްކޫލްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން

9

ބެލެނިވެރިން ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން

10

ކުދިންނާއެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި އަމާނާތް ތެރިކަމާއި ކެތްތެރިކަމާއެކު އުފެއްދުންތެރި، ޚިޔާލުތަނަވަސް އަދި ވިސްނައިގެން ކަންތައްތައް ކުރަން އިނގޭ ރޭވުންތެރި މީހަކަށްވުން

11

ސްކޫލާއި ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން.

12

ކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން

13

ޚާއްޞަ ސަމާލުކަންދޭންޖެހޭ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަންދީ ރައްކާތެރިކަން ދިނުން

14

ސްކޫލު ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް (ސްކޫލު ހިންގަވާ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން) ކުރުން

15

ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން

16

ކުލާސް ރޫމުތަކާއި އޮފީސްތެރެ ސާފުތާހިރުކޮށް ތަރުތީބުން ތަކެތި ބެހެއްޓުމާއި ލިޔެކިޔުން ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ގެންގުޅުން

17

ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

18

މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ ނަން

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މަޤާމުގެ މުސާރަ(މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

 

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން

ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

2,565/-ރުފިޔާ

-/1000ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

 

GS2

 

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3,000/- ރުފިޔާ

-/1000ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

-ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ؛

-އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3,465ރުފިޔާ

-/1000ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-       ތަޢުލީމާއި ތަމްރީނު

-       މަސައްކަތުގެ ތަޖްރިބާ

-       މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު މާކުރަތު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.)

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާފައިނުވާ ފޯމުތަކާއި ސުންގަޑީގެ ފަހުން ހުށައެޅޭ ފޯމުތައްވެސް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 07 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާއަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އޮންނާނީ މާކުރަތު ކައުންސިލްގެ އިދާރާގައެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އަދި ތަނާބެހޭ މައުލޫމާތު 24 ގަޑިއިރު ކުރިން އެފަރާތްތަކަށް އަންގާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް،އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ޙަވާލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6580015 ފޯނާއެވެ.

 

     

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

               09 ރަބީޢުލްއައްވަލް 1439

 

27 ނޮވެންބަރު 2017
ހޯދާ