އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ

                        އިޢުލާން

                                                    ނަންބަރު:

(IUL)203-FINHUM/203/2017/15

 

 

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑިރެކްޓަރ

 

މަޤާމުގެ ނަންބަރު

J-133935

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ރޭންކް

އީ.އެކްސް 1

 

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

 

ސެކްޝަން

އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް ސެކްޝަން

 

މަޤާމް އޮތް އޮފީސް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން  އެޖެންސީ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން  އެޖެންސީ / ކ. މާލެ

 

މުސާރައާއި އިނާޔަތްތައް

މުސާރަ (މަހަކު): -/8835 ރުފިޔާ ، ސަރވިސް އެލަވަންސް (މަހަކު) :-/2000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

މަޤާމުގެ ޝަރުތު

1-      ތިމާވެށީގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެށީގެ މަަސައްކަތުގެ ދާއިރާއެއްގައިި 8 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. ތިމާވެށީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާޞިލު ކޮށްފައިވުމާއެކު، ތިމާވެށީގެ މަަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 

3. ތިމާވެށީގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ތިމާވެއްޓާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 

4. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުން، ނުވަތަ

5- ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު،ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލު ކޮށްފައިވުން.

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ ވޯރކްޕްލޭން އެކުލަވާލުމާއި، ތަންފީޒު ކުރުން.
  2. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ ބަޖެޓް އެކުލަވާލުން.
  3. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ އެސް.އޯ.ޕީތައް ހަދައި ތަންފީޒު ކުރުން.
  4. އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުން.
  5. މި އޭޖެންސީން ތަންފީޒުކުރާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރައްޔިތުންނާއި ވިޔަފާރި ކުންފުނިތައް އަހުލުވެރި ކުރުން.
  6. ތިމާވެއްޓާއިބެހޭ ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އެންޑް އެސެސްމަންޓް އަދި އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި ސެކްޝަންގެ މަސައްކަތާއިގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުން.

 

 

ޕްރެޒެންޓޭޝަން ހުށަހެޅުން:

  1. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ޕްރެޒެންޓޭޝަންއެއް ހުށަހަޅަންވާނެއެވެ.
  1. ޕްރެޒެންޓޭޝަން ދޭނީ އެކަމަށް ބޭނުންކުރެވޭ ސޮފްޓްވެއަރ އެއް މެދުވެރިކޮށް ނުވަތަ ހޭންޑްއައުޓްގެ އެހީގައެވެ.
  2. ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ދިވެހި ބަހުންނެވެ.
  3. ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުންވެސް ޕްރެޒެންޓޭޝަން ހުށަހެޅިދާނެއެވެ.
  4. ޕްރެޒެންޓޭޝަންގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުއާމަލާތު ކުރުމުގެ ޤާބިލު ކަމަށެވެ.

 

 

ޕްރެޒެންޓޭޝަންގައި ހިމަނަންޖެހޭނެ ބައިތައް:

  1. ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތައާރަފެއް).
  1. ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އޭގެ ނަތީޖާތައް.
  2. ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެ ގޮތުގެ ތަސައްވަރު.
  3. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތުގެ ތަސައްވަރު.
  4. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަސައްވަރު.
  5. ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެ ކަމަށް ފެންނަ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް.
  6. ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ގާބިލުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. 1.      ތިމާވެއްޓާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  2. 2.      ލިބިފައިވަ މަސައްކަތުގެ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް).

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1-       ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމް.

2-       ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3-       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ   ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4-       ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5-        ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

6-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

7-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

8-      ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

9-      ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑީ: ވަޒީފާ އަށް އެދޭފޯމް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި އޭޖެންސީގެ www.epa.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެންބަރު 06 ވާ ބުދަ ދުވަހުގެ 12.00ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ[email protected]   އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35

 

އިންޓަރވިއު އިމްތިޙާނާއި އާއި ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި މުއްދަތު:މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން ، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން: މި ވަޒީފާ އަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒިފާއަށް ކުރިމަތިލާފައިވާ ފަރަތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

 

 

 

އިތުރު މައުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ 3335949 ނަންބަރުގެ ފޯނަށް ގުޅުން އެދެމެވެ.

 

 

    09 ރަބީޢުލްއައްވަލް  1439

  27 ނޮވެންބަރު     2017

 

         

 

27 ނޮވެންބަރު 2017
ހޯދާ