މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އެސިސްޓެންޓް ފިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރ

J-220591

ރޭންކް

ޖީ.އެސް. 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ޤްރޭޑް 1

މަޤާމްގެ ގިންތި:

ދާއިމީ

ސެކްޝަން / ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

މިލަދުން މަޑުލުދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އިތުރު އިނާޔަތްތައް:

-    ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން

     އިތުރުގަޑީގެ ފައިސާ

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

   ކޮންޓްރިބިއުޝަން

-   މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން

   އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ބޭނުންވާ އަދަދު:

 1

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި                                            އެއްގޮތްވާ ގޮތުގެ މަތިން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  2. ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމްޓަމުން ނުވަތަ ފޮތްތަކުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ                                            މަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. .މާލިއްޔަތު ޤާނޫނާއި ޤަވާއިދު ގައިވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް                                            ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ނުވަތަ ފޮތްތަކުން ބަލަހައްޓައި އެކައުންޓްތަކުގެ                                          މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. މުވައްޒަފުންގެ މުސާރަދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއެކު މުވައްޒަފުންގެ މުސާރައާއި އެހެނިހެން                                         އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، ޤަވާއިދުން އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން.
  5. ތިން (3) އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓް އެ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރުމަށް                                              ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ބިލްތަކުގެ ޑޮކިއުމަންޓް ހަމަތޯ ބެލުމަށްފަހު ޕޭމަންޓް ވައުޗަރ ހެދުން.
  8. ބޭންކުތަކުގައި ހިފެހެއްޓިފައި ހުރިފައިސާއާއި ރައްޔިތުންގެ ފައިސާގެ ހިސާބު ބެލެހެއްޓުމާއި އެކަމާއިބެހޭ އެންމެހައި                                          ލިޔެކިއުން ފުރިހަމަކޮށް ބެލެހެއްޓުން.
  9. ކައުންސިލް އިދާރާއަށް އެކިގޮތްގޮތުން ލިބެންހުރި ފައިސާއެއް ބަލައިގަނެ ކަމާއިބެހޭ އެކައުންޓްތަކަށް ޖަމާކުރުން
  10. ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ                                              ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

                                                                                                              

 

ޝަރުތު:

1-  އެކައުންޓިންގ އެންޑް ފައިނޭންސް، މެތަމެޓިކް އެންޑް ސްޓެޓިސްޓިކްސް، އޮޑިޓިންގ ނުވަތަ ބިޒިނަސް މެނޭޖްމަންޓްގެ

   ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ

   މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނުގައި ދައްވެގެން 2 މާއްދާއިން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް

   އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

 

ތަޢުލީމާއި ތަމްރީނު

12.5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

5

12

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން

އިމްތިޙާން

10

23

ވަޒީފާއާގުޅޭ ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާ

4

10

އެހެނިހެން ތަޖުރިބާ

43

100

އިންޓަވިއު / ޕްރެކްޓިކަލް

ލިބިފައިވާ ހުނަރު

100

235

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން10 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު

ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން

އެދެމެވެ. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ

ވެބްސައިޓް www.csc.gov.mv އިން  ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ

6560018 ފޯނާ ގުޅުއްވުން އެދެމެވެ. 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ޑިސެމްބަރ 2017 އާއި 21 ޑިސެމްބަރ 2017 އާއި ދެމެދު

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި

އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް                                            ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި                                                     ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު                                                     ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ                                                       ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ                                                   ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ                                                    ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ( މިފަދަ ސެޓްފިކެޓްތްއް އެކުރެޑިޓް                                                    ކުރަން ނުޖެހޭނެއެވެ. )

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

   ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް

   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި

  ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

   
   

 

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

27 ނޮވެމްބަރ 2017

27 ނޮވެންބަރު 2017
ހޯދާ