ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ އައުޓްސޯސް ކުރުމާއި ގުޅޭ
މި ސްކޫލްގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުންދާ ފަރާތުގެ އެގްރިމެންޓް 31 ޑިސެމްބަރ 2017 އަށް ހަމަވާތީ 2018 ވަނަ އަހަރު ޖެނުއަރީ 01 ން 31 ޑިސެމްބަރުގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސްކޫލްގެ ކޮމްޕިއުޓަރ ލެބުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6600015 އާއި ގުޅުއްވުން އެދެމެވެ.
27 ނޮވެމްބަރ 2017