މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިއެހެލާ ސަރަހައްދުން ވެލިނެގުން މަނާކުރުމާއި ބަނދަރު ހުޅަނގު އުތުރު ކަންމަތިން ވެލިނެގުމަށް ހުއްދަ ދިނުން

އިޢްލާނު

 

ދޯނި އެހެލާ ސަރަޙައްދުން ވެލި ނެގުން މަނާކުރުމާއި، ބަނދަރުގެ ހުޅަނގު އުތުރު ކަންމަތި ވޮޑޭ ފަސްގަނޑުން ވެލިނެގުމުގެ ފުރުސަތު ހުޅުވާލުން:

 

ދޯނި އެހެލާ ސަރަޙައްދުގައިވާ ވެލިގަނޑު ހުސްވެ ދޯނި އެހެލުމަށާއި، މޫދަށް އެރޭ ފަރާތްތަކަށް އުނދަގޫވާހެން ބޮޑެތި ވަޅުގަނޑުތައް ހެދޭ ގޮތަށް ވެލި ނަގަމުން ދާކަން ފާހަގަ ކުރެވެއެވެ. މިސަރަޙައްދަކީ ދޯނި ފަހަރު އެހެލުމުގެ އިތުރުން އާއްމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަޙައްދެއްކަމުންނާއި ޚާއްޞަކޮށް ކުޑަކުދިން މޫދަށް އެރިއުޅޭ ސަރަޙައްދެއްކަމުން މިސަރަޙައްދު ރައްކާތެރިކަމާއެކު ބޭއްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިއދާރާއިން ދެކެމެވެ.

މިކަމާބެހޭ ގޮތުން ކައުންސިލްގެ 03 (ތިނެއް) ވަނަ ދައުރުގެ 22 (ބާވީސް) ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ކައުންސިލްގެ 43 (ސާޅިސް ތިނެއް) ވަނަ ނިންމުމުން ނިންމާފައިވަނީ އީޕީއޭ އިން ހުއްދަ ލިބިގެން ވެލި ނެގުމަށް ހުއްދަ ދީފައިވާ ދޯނި އެހެލާ ސަރަޙައްދުގައި ވެލި ނެތުމާއެކު އެސަރަޙައްދުން ވެލި ނެގުން ހުއްޓާލުމާށާއި، ބަނދަރުގެ ހުޅަނގު އުތުރު ކަނުގައިވާ ވޮޑޭ ފަސްގަނޑުން ވެލި ނެގުމުގެ ހުއްދަ ޢާއްމުންނަށް ދިނުމަށާއި އަދި އެއްވެސް ޙާލެއްގައި ވިޔަފާރީގެ ބޭނުންތަކަށް ވެލިއެރުވުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢްލާނުކުރުމަށެވެ.

ވީމާ، 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުން ފެށިގެން ބަނދަރުގެ ދޯނި އެހެލާ ސަރަޙައްދުން ވެލި ނެގުމަކީ މަނާކަމެއް ކަމަށާއި، ދެންނެވުނު ތާރީޚުން ފެށިގެން ވެލި ނަގަންވާނީ ކައުންސިލަށް އެންގުމަށްފަހު، އާއްމުންގެ ތެރެއިން ވެލި ނެގުމަށް ބޭނުންވާ ފަރާތްތަކުން ބަނދަރުގެ ހުޅަނގު އުތުރު ފަރާތު ކަންމަތި ވޮޑޭ ފަސްގަނޑުން ކަމުގައި އަންގާ އިޢްލާނު ކުރީމެވެ.

08 ރަބީޢލު           1439  

26 ނޮވެމްބަރ           2017  

26 ނޮވެންބަރު 2017
ހޯދާ