ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2017/106
އިޢުލާނު
ބަނދަރުގައި ސަރަޙައްދު ވަކިކޮށްދޭ ބޯޑުތައް ބެހެއްޓުމާއިގުޅޭ:
ބަނދަރު ބެލެހެއްޓުމުގެ އުސޫލާއި އެއްގޮތަށް ބަނދަރުގައި އެކިއެކި ސަރަޙައްދުތައް ވަކިކޮށްދޭ ބޯޑުތައް އަމިއްލަ ތަކެތީގައި ހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްގެން ކުރި އިޢުލާނާއި (ނަންބަރު:(IUL)403-A/403/2017/100 (08 ނޮވެމްބަރ 2017) ގުޅިގެން 3 ފަރާތުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 04 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް
* އެސްޓިމޭޓް ހުށަހެޅުން: 13 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
08 ރަބީޢުލްއައްވަލް 1439
26 ނޮވެންބަރު 2017
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް