ދިވެހިރާއްޖެ
2018 ވަނަ އަހަރު ހއ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
2018 ޖެނުއަރީ 01 ން 2018 ޑިސެމްބަރ 31 ގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ، މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެއްވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި / ކުންފުނި ތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑް ގެންނެވުންއެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށްވެސް ދެންނެވީމެވެ.
މަޢްލޫމާތު ސާފުކޮށްދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
2017 ނޮވެމްބަރ 29 (ބުދަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
2017 ޑިސެމްބަރ 10 (އާދިއްތަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
08 ރަބީޢުލް އައްވަލް 1439
26 ނޮވެމްބަރ 2017