ދިވެހިރާއްޖެ
ނަންބަރ: IUL)285-D/285/2017/33) އިޢުލާން އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއިބެހޭ ހެނބަދޫގެ އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. ވީމާ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.
08 ރަބީޢުލްއައްވަލް 1439 26 ނޮވެމްބަރ 2017
|