ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުން
މިއިދާރާގެ ނަންބަރު: (IUL)305/305/2017/78 (12 ނޮވެމްބަރ 2017) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނު ކުރީމެވެ.
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ރ. މާކުރަތު ޕްރީސްކޫލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ރ.މާކުރަތު ކައުންސިލްގެ އިދާރާ |
އާދިއްތަ |
26 ނޮވެމްބަރ 2017 |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ރ.މާކުރަތު ކައުންސިލްގެ އިދާރާ |
އާދިއްތަ |
03 ޑިސެމްބަރ 2017 |
13:00 |
މައިގަނޑު މަރާމާތުތަކުގެ ތަފްސީލް
- ޕްރީސްކޫލްގައި ބެހެއްޓިފައިވާ ފެންހަން ނަގައި ތަޅުންގަނޑު ހެދުމަށްފަހު 2 ފެންހަން ބެހެއްޓުން
- ޕްރީސްކޫލުގެ މޫނު ދޮންނަ ބައިގައި އިން ތަށި ނަގާ، ފާހާނަ އަކަށް ބަދަލުކުރުން
- ޕްރީސްކޫލުގެ ދޮރުފަތްތަކުގައި ތަންޑު ހަރުކުރުން
- ޕްރީސްކޫލު ކުދިން ފެންކުޅޭ ތަނެއް ހެދުން
- ޕްރީސްކޫލު ކުދިން ވެއްޔާ ކުޅޭ ތަނެއް ހެދުން
- ޕްރީސްކުލުގެ ކުލާސް ރޫމްތަކުގައި 9 ޕްލަގް ޕޮއިންޓް ކަރަންޓްވައިރުކޮށް ހަރުކުރުން
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތަށް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މަޢުޅޫމާތު ސާފުކުރުމާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިޘިއްޔަތަކުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580015 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ރަބީޢުލްއައްވަލް 1439
21 ނޮވެމްބަރ 2017