މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ.ފޯކައިދޫ، ބ.ދަރަވަންދޫ، ހދ.ނޮޅިވަރަންފަރު އަދި ރ.މަޑުއްވަރީގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލުއްވުމުގެ މަތިން ގްރީން ކްލައިމެޓް ފަންޑުން (ޖީ.ސީ.އެފް) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި މިވާ ރަށްތަކަށް ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، ތިރީގައި މިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ޔޫ.އެސް ޑޮލަރު)

 

TES/2017/W-034

ށ.ފޯކައިދޫގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

15,000.00

 

 

TES/2017/W-035

ބ.ދަރަވަންދޫގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

12,000.00

 

TES/2017/W-036

ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

15,000.00

 

TES/2017/W-037

ރ.މަޑުއްވަރީގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

11,500.00

3. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއް އެޅުމުގެ މަސައްކަތެވެ.

4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

5. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1،500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ނޮވެންބަރު 2017 އިން 07 ޖަނަވަރީ 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ % 10 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 10 ޑިސެންބަރު 2017 ވާ އާދިއްތަ ދުވަހުގެ 1100 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމް ގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 1300 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 08 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ،ދިވެހިރާއްޖެ

ފޯން: 3349155 (960) / 3349266 (960)

އީ މެއިލް: [email protected]

ކޮޕީ:    [email protected]

 

10. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 

26 ނޮވެންބަރު 2017
ހޯދާ