ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ) އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާ ކުރާ ނިޒާމް) މަސައްކަތް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ތިން (03) ޕްރޮޖެކްޓް ކޯޑިނޭޓަރުން ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ޕްރޮޖެކްޓް ޓީމާއި އަދި ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
ހ) މަސައްކަތާއި ގުޅޭދާއިރާއިން ޑިގްރީ ހާޞިލް ކޮށްފައިވުން.
ށ) މަދުވެގެން 04 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ އިތުރުން މަދުވެގެން 02 އަހަރު ދުވަހު ޕްރޮޖެކްޓް މެނޭޖްކުރުމާއި ސުޕަވައިޒްކުރުމުގެ މަސައްކަތްކޮށްފައި ވުން.
ނ) ބައިނަލްއަޤަވާމީ އެހީދޭ ޖަމިއްޔާތަކުގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ބ) ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ޅ) މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެގުމާއި މަޝްރޫޢު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮޕްޓެވެއަރތައް (ޕްރޮޖެކްޓް އޮފީސް) ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން
ކ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 30,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018386، 3018318
އީމެއިލް : [email protected]
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018318 އަށް ގުޅުއްވުން އެދެމެވެ.