ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީއިން ތިރީގައި އެވާ 3 ސްކޫލަށް ފަރުނީޗަރު ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
| 
 މާމެންދޫ ސްކޫލް،ގއ. މާމެންދޫ  | 
 މޭނާ ސްކޫލް، ނ. ހޮޅުދޫ  | 
 ހިތަދޫ ސްކޫލް، ސ. ހިތަދޫ  | 
| 
 35 ޑެސްކު  | 
 210 ޑެސްކު  | 
 210 ޑެސްކު  | 
| 
 1 ޓީޗަރސް ޓޭބަލް  | 
 6 ޓީޗަރސް ޓޭބަލް  | 
 6 ޓީޗަރސް ޓޭބަލް  | 
| 
 1 ވައިޓް ބޯޑް  | 
 6 ވައިޓް ބޯޑް  | 
 6 ވައިޓް ބޯޑް  | 
| 
 35 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)  | 
 210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)  | 
 210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)  | 
| 
 1 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)  | 
 6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)  | 
 6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)  | 
| 
 40 ސްޓޭޖް ގޮނޑި  | 
||
| 
 700 ޕްލާސްޓިކް ގޮނޑި (އަތްގަނޑުލީ)  | 
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ބިޑިންގ ޑޮކިޔުމަންޓް ފޯ ފަރނީޗަރ ފޯ 3 ސްކޫލް (ޖީ.28) މި އިލުލާނާއެކު އެޓޭޗްކުރެވިފައިއެވަނީއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓްތައް ހޯދުމަށް އެދި[email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ބިޑް ޑޮކިޔުމަންޓް ފުރިހަމަކޮށް ބިޑް ސެކިޔުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބޭންކް ގެރެންޓީ ނުވަތަ ބޭންކް ސަރޓިފައިޑް ޗެކް ގެ ގޮތުގައި ހުށައަޅަން ޖެހޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 7 ޑިސެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318
[email protected] ނުވަތަ [email protected]– އީމެއިލް:
