ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިޔާގެ ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް – ޕޯސްޓް ގްރެޖުއޭޓް (ޕީޖީ) 2018 އާއި ގުޅޭ

އިންޑިޔާގައި ޑޮކްޓަރ އޮފް މެޑިސިން / މާސްޓަރ އޮފް ސައިންސް އަދި ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ކޯސްތައް ފުރިހަމަކުރުމަށް ގަސްދުކުރާ ދަރިވަރުން އިންޑިޔާގެ މެޑިކަލް ކައުންސިލް އެކްޓްގެ ދަށުން ފުރިހަމަކުރުމަށް ލާޒިމްކުރާ "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް" (ނީޓް ޕީޖީ 2018) ފުރިހަމަކުރުމަށް އޮންލައިންކޮށް ރެޖިސްޓަރ ވުމުގެ ފުރުޞަތު 27 ނޮވެންބަރު 2017 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމް www.nbe.edu.in އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

22 ނޮވެންބަރު 2017
ހޯދާ