ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސާކް ބިޒްނަސް އެސޯސިއޭޝަން ފޯރ ހޯމްބޭސްޑް ވޯރކާސް" (SABAH Project) ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް 1: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
އަދަދު: 01 |
ފެންވަރު ނުވަތަ ޝަރުތު:
|
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 ށް
މުސާރަ: 7،000 ދިވެހި ރުފިޔާ
ސާރވީސް އެލަވަންސް: 3 މަސްދުވަހުގެ ތެރެއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މަސައްކަތުގެ ޕާފޮމަންސް އަށް ބެލުމަށްފަހު ރަނގަޅުނަމަ 3000 ރުފިޔާގެ އެލަވަންސް އެއްލިބޭނެއެވެ. ( މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ އުނިކުރެވޭނެއެވެ. މިގެ ތޭރޭގައި ބަންދު ދުވަހެއްގައި ޚިދުމަތައް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތަށްވެސް ހިމެނޭނެއެވެ.)
ވަޒީފާގެ މުއްދަތު: 1 އަހަރު
ވަޒީފާގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 4 ޑިސެމްބަރ 2017ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.