ދިވެހިރާއްޖެ
އަންދާސީ ހިސާބު
2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ އިހުތިފާލުތައް ހއ. އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން ހިންގާ އިވެންޓްތަކުގެ ލައިޓިންގ، ސައުންޑް އަދި ޕްރޮޖެކްޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)30-C/30/2017/165 އިއުލާނާ ގުޅޭ މަސައްކަތްތަކަށް ބަދަލު އައުމާއި ގުޅިގެން މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ސްޓޭޖްގެ މަޢުލޫމާތު
- ސްޓޭޖްގެ ފްލޯ އޭރިއަރ 1500 އަކަ ފޫޓް (50’x30’)
- ސްޓޭޖްގެ ދިގުމިން 50 ފޫޓް
- ސްޓޭޖްގެ ފުޅާމިން 30 ފޫޓް
- ސްޓޭޖްގެ އުސްމިން 25 ފޫޓް
ރަސްމީ ޖަލްސާގެ ސައުންޑް އަދި ލައިޓިންގ (16 ޑިސެމްބަރ 2017 ވަނަ ދުވަހުގެ ރޭ)
- ރަސްމީ ޖަލްސާގެ ސްޓޭޖްގެ ސައުންޑް އާއި ލައިޓިންގ
- ސްޓޭޖްގެ ދެއަރިމަތީގައި 02 ސްކްރީން ބަހައްޓައި ޖަލްސާ ހިގަމުންދާއިރު ޕްރޮޖެކްޓް ކުރަންޖެހޭ ވީޑިއޯ ކްލިޕްސް އާއި ލިޔުން ޕްރޮޖެކްޓް ކުރުން
ސްޓޭޖް ޝޯގެ ސައުންޑް އަދި ލައިޓިންގ (15-16 ޑިސެމްބަރ 2017 ވަނަ ދުވަހާގުޅޭ)
- މިޔުޒިކް ކުޅުމާއި، ބޮޑުބެރުޖެހުމާއި އަދި ޑްރާމާ ފަދަ ޙަރަކާތްތަކަށް ބޭނުންވާ ސައުންޑް (ކޯޑްލަސް 06 މައިކާއެކު)
- ލައިޓް، ފޮގް މެޝިންގ، ސްޓްރޯބް އަދި އިފެކްޓްސް ލައިޓް ފަދަ ތަކެތި ހިމަނައިގެން ލައިޓިންގ ތައްޔާރުކުރުން.
އިތުރު މައުލޫމާތު
- އަންދާސީހިސާބް ހުށަހަޅަންވާނީ ސައުންޑް އަދި ލައިޓިންގއަށް ވަކިންނެވެ.
- މި މަސައްކަތްތައް ކުރުމަށް އިހަވަންދޫއަށް ވަޑައިގަންނަވާ 5 ބޭފުޅަކަށް ދަތުރު ޚަރަދު، ތިއްބެވުމާއި ފަރިއްކޮޅުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާ ދޭނެއެވެ.
- ސައުންޑް އެންޑް ލައިޓިންގ އަށް ބޭނުންކުރާ ސާމާނު އިހަވަންދޫއަށް ގެންގޮސް މާލެ ގެނައުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) އަށް ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 60 )
- ތަޖުރިބާއަށް 40 ޕޮއިންޓް (މިފަދަ ނުވަތަ މިބާވަތުގެ އެހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339257 ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
22 ނޮވެމްބަރ 2017