ދިވެހިރާއްޖެ
ނަންބަރު: IUL)298/2017/55)
އިޢުލާން
ކުނިކޮށްޓަށް މުވައްޒަފުން ހޯދުމަށް
މިރަށު ކުނިކޮށީގައި މިހާރު ހުރި މުވައްޒަފުގެ އިތުރަށް ތިރީގައި މިދަންނަވާ މަޤާމް ތަކަށް މުވައްޒަފުން ހޯދަން ކުރި ނަންބަރު: (IUL)298/2017/06 އަދި (IUL)298/2017/54 މި2(ދޭއް) އިއުލާނު ބާތިލްކޮށް ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.
1 މަޤާމް: ޕިކަޕް ޑްރައިވަރ
ބޭނުންވާ އަދަދު: 1(އެކެއް)
މުސާރަ މަހަކު: 6000.00(ހަހާސްރުފިޔާ)
ކުރަންޖެހޭ މަސައްކަތް: ގޭގެއިން ނާއި އެހެނިހެން ސަރަޙައްދުތަކުން ކުނި ނަގައިގެން ކުނިކޮށްޓައް ކުނި ގެންދިޔުމާއިއެކު ކުނިކޮށީގެ މަސައްކަތުގައި ޢަމަލީ ގޮތުން އުޅުން.
މަސައްކަތް ކުރަންޖެހޭ ދުވަހުގެ ޢަދަދު: ހަފުތާއަކު 7(ހަދުވަސް)
މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 07:00 ން މެންދުރު 11:30ށް އަދި މެންދުރުފަހު 13:00 ން 15:00 އަށެވެ.
ފެންވަރު ނުވަތަ ޝަރުތު: 1.5ޓަނުންފެށިގެން މަތީގެ ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއްކަމުގައި ވުމާއިއެކު ދިވެހިރައްޔިތެއް ކަމުގައިވުން.
2 މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 03(ތިނެއް)
މުސާރަ މަހަކު: 6000.00(ހަހާސްރުފިޔާ)
ކުރަންޖެހޭ މަސައްކަތް: ގޭގެއިންނާއި، އެހެނިހެން ސަރަޙައްދުތަކުން ކުނިނަގައިގެން ކުނިކޮށްޓައް ގެންގޮސް ކުނިކޮށީގައި އަމަލީ މަސައްކަތް ކުރުން.
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު: ހަފުތާއަކު 7(ހަދުވަސް)
މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 07:00 ން މެންދުރު 11:30ށް އަދި މެންދުރުފަހު 13:00 ން 15:00 އަށެވެ.
ފެންވަރު ނުވަތަ ޝަރުތު: އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއްކަމުގައި ވުމާއިއެކު ދިވެހިރައްޔިތެއް ކަމުގައިވުން.
ވީމާ، މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ނޮވެމްބަރ 26ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ) އައިޑީކާޑުގެ ފޮޓޯކޮޕީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.