ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

އިޢުލާން

                                              ނަމްބަރ : GS039/2017/14

ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުޔަށް ހިފުން:

 

         2018 ވަނަ އަހަރަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް އެޓޭޗް ފާހާނާ އެކުލެވޭ 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް ދޭންބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

           މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

                  21  ނޮވެމްބަރ       2017   

                  03  ރަބީޢުލްއައްވަލް     1439            

            

 

                                                                  އޭ. ޑޭވިޑް  

                                                                 ( ޕްރިންސިޕަލް  ) 

21 ނޮވެންބަރު 2017
ހޯދާ