ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމިން ދާއިރާއިން 1000 ކުދިން ތަމްރީނުކުރަން ހަމަޖެހިފައިވާތީ މި ކޯހަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން:
ނޭޝަނަލް ސެޓްފިކެޓް 4 އިން ކޮމްޕިއުޓަރ ޕްރޮގްރާމިންގ
ލެވެލް: 4
ޝަރުތު:
ސާނަވީ ސްކޫލް އިމްތިހާނުން މަދުވެގެން 3 ސީ ފާސް ލިބިފައިވުން. ނުވަތަ، ގުޅުންހުރި ދާއިރާއަކުން ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން.
ކޯހުގެ ފީ:
ހިލޭ
ވީމާ، މި ކޯހުގައި ކިޔަން ބޭނުންވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިޔުންތައް ފުރިހަމަކުރެއްވުމަށްފަހު 27 ނޮވެމްބަރ 2017 ވަނަ ދުވަހުގެ ކުރިން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ، ފުރަތަމަ ފަންގިފިލާ، މޯލްޑިވްސް ޕޮލިޓެކްނިކް ބިލްޑިންގ އަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް (www.tvet.gov.mv) އަދި ޓިވެޓް އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ (tvet.gov.mv/apply-online) ޒިޔާރަތްކުރެއްވުން އެދެމެވެ.
ށ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށް ފެންނަ ސާފު ކޮޕީއެއް.
ނ. ތައުލީމީ ސަނަދުތަކުގެ ކޮޕީތައް
މި ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3341408 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.