ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވ.އަތޮޅު ހޮސްޕިޓަލުގެ އުތުރުފަރާތު ވަށާފާރު މަރާމާތު ކުރުން

ވ. އަތޮޅު ހޮސްޕިޓަލްގެ ނަންބަރ: (IUL)VAH/VAH/2017/01 އިޢްލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ބިޑްހުށަހަޅުއްވާފައިނުވާތީ، އެއިޢްލާން ބާޠިލްކޮށް، ވ. އަތޮޅު ހޮސްޕިޓަލްގެ އުތުރުފަރާތު ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް، މިހޮސްޕިޓަލްއިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢްލާން ކުރަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައިވާ ގޮތަށް މަޢްލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢްލޫމަތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ވ. އަތޮޅު ހޮސްޕިޓަލްގައެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 ނޮވެމްބަރ 2017 ( އާދީއްތަ ) 11:00 އަށް

28 ނޮވެމްބަރ 2017  ( އަންގާރަ ) 13:00 އަށް

 

              މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަމްބަރު ފޯނާއެވެ.

                              03 ރަބީޢުލްއައްވަލް 1439ހ.                         

                              21 ނޮވެމްބަރ 2017މ.       

 

                                                             ޙަސަން ޢަލީ

މެނޭޖަރ، ހެލްތް ސަރވިސަސް

 

 

21 ނޮވެންބަރު 2017
ހޯދާ