ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ.ވިލިނގިލީ ކެމްޕަހުގައި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެގެން ކުރި އިޢުލާން ނަމްބަރ: IUL) 213-PR/1/2017/69) އާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމުގައި މައްސަލަ ދިމާވެފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަހުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ (ކ.މާލޭ) އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މައުލޫމާތު ކަރުދާސް ހީރާސް ކުރެވިފައިވާނެއެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
އަންދާސީ ހިސާބު ހުށަހެޅުން |
26 ނޮވެމްބަރ 2017 |
އާދީއްތަ |
މެންދުރު 12:00 |
އަންދާސީ ހިސާބު ހުށަހެޅުވުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.