ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2017/030
އިއުލާން
14 ޖެނުއަރީ 2018 އިން 09 ފެބްރުއަރީ 2018 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ "އޭ" ލައިސެންސް ކޯޗިންގ ސެޓްފިކެޓް ކޯސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ އޭ.އެފް.ސީ "ބީ" ލައިސަންސް ލިބިފައިވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 10 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/7،000ރ (ހަތްހާސް ރުފިޔާ) ދައްކަންވާނެއެވެ.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
20 ނޮވެމްބަރ 2017