ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ގދ. ތިނަދޫގައި ޤާއިމު ކޮށްފައިވާ ފިއުލް ޝެޑް، އިތުރަށް ތަރައްޤީކޮށް ބޮޑު ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 07 ޑިސެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331457 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.